ލިޔުނީ ވާނުވާ.އެމްވީ
December 25th 2018

މުސްތަޤުބަލުގައި އެމްޓީޑީން ވެރިކަން ކުރާނެ: މެމްބަރު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު

މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން މުސްތަގުބަލުގައި ރާއްޖޭގެ ވެރިކަން ކުރާނެ ކަމަށް ދާދި ފަހުން އެޕާޓީއާއި ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ނ. ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީ އިން ދަރުބާރުގޭގައި ރޭ ބޭއްވި އެޕާޓީގެ ފުރަތަމަ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޔާމިން ވިދާޅުވީ އެމްޓީޑީއަކީ ކުރިއަރައިގެންދާނެ ބޮޑު ޕާޓީއަކަށް ވާނެ ކަމަށެވެ.

މެމްބަރު ޔާމީން މިހެން ވިދާޅުވިއިރު އެމްޓީޑީގެ މުގުލުގައި ހުންނެވީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބެވެ.

ރޭގެ ޖަލްސާގައި އަދީބާ ބެހޭ ގޮތުން ޔާމީން ރަޝީދު ވިދާޅުވީ އަދީބަކީ ކުރުމުއްދަތެއްގައި ސިޔާސީ ގޮތުން މަތީފަޑިއަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި އަދީބު ކުރިއަށް ވަޑައިގަންނަވަން ފެއްޓެވުމުން ބަޔަކުވަނީ އޭނާ އިނދަ ޖައްސާލައިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވި ޔާމީން ވިދާޅުވީ އަދީބަށް އަދަބު ލިބެމުންދަނީ އޭނާ ނުކުރައްވާ ކުށަކަށް ކަމަށެވެ. އަދި މިވާހަކަތައް ދެއްކިޔަ ނުދޭންވެގެން ބަޔަކުވަނީ އެބޭފުޅުންގެ އަނގައިގައި ތަޅުއަޅުވައިފައި ކަމަށާއި މިވާހަކަ ދެއްކެން ފެށުނީ އެމްޓީޑީން އައިސް އެ ތަޅުދަނޑިން އަނގަ ހުޅުވައި ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީން މިމޭރުމުން ވާހަކަ ދެއްކެވި އިރު، އެމްޓީޑީގެ މުޢައްސިސް އިސްމާޢީލް ޢާޞިފްވަނީ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާ ނުލައި އެމްޓީޑީއެއް ނުއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީން ރަޝީދު ރައްޔިތުންގެ މަޖިލިހަށް ހޮވިވަޑައިގެންފައިވަނީ . އެހެންނަމަވެސް ފަހުން އޭނާވަނީ ޕީޕީއެމަށް ބަދަލުވެފައެވެ. ޕީޕީއެމުން އެމްޓީޑީއަށް އޭނާ ސޮއިކުރެއްވީ ވަރަށްފަހުންނެވެ.ލޮގިން

ލޮގިން

ރަޖިސްޓަރ

ރަޖިސްޓަރ

ފަހުގެ ޚަބަރުއެންމެ ހިނގާ
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ޒިޔާއު ހަމަޖައްސަވައިފި
14 days ago
"ނޭޝަނަލް ރިފޯމް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި
14 days ago
ރިސޯޓަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
14 days ago
ރައީސް ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފި
14 days ago
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް ހަތަރުވަނަ ބުރަށް
14 days ago
މަޖިލިސް އިންތިހާބުން 60 އިންސައްތަ އެމްޑީޕީން ކާމިޔާބު ކުރާނަން: ނަޝީދު
14 days ago